މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ މަރާމާތު މަސައްކަތް

                                                                   

މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓް

 ހުރާ،               

 ދިވެހިރާއްޖެ                                                          ނަންބަރު: H5C-A/2024/2 

އިޢުލާން

 

       މިކޯޓުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1-    ކޯޓުގެ ހުޅަނގު ފަރާތުން ވަންނަން ހުރި ދޮރުގެ ދޮރުފަތް ބޭރަށް ހުޅުވޭގޮތަށް ބަދަލުކުރުން އަދި އޮޅިގަނޑު އެތެރެއަށްލުން.

2-    ކޯޓުގެ ނެޓްވޯކް ސްވިޗްތައް ލުމަށްޓަކައި ފާރުގައި ބޮކްސްއެއް ހަރުކުރުން ނުވަތަ ބޮކްސް އެއް ބެހެއްޓުން .

3-    ކޯޓުގެ އިދާރީބަޔަށް ވަންނަ ދޮރުގެ ދޮރުކަނީގައި އަޅާފައިވާ ފަތިގަނޑުތައް ވަރުނީސް ކުރުން.

4-    އިދާރީބަޔަށް ވަންނަ ދޮރުގައި އައު ތަޅެއް ހަރުކުރުން.

5-    ކޯޓު ޢިމާރާތުގެ ފާރުތަކުގައި ލާފައިވާ ރެނދުތައް ބެއްދުން.

6-    ފެންވަށް ވެލިއެޅޭ މައްސަލަ ހައްލުކުރުން.

7-    ކޯޓުގެ ގޭޓުގައި ހަރުކޮށްފައިވާ ލައިޓް ތައް ބަދަލުކުރުން.

8-    ފްލޯ ކޭސިން ހަރުކުރުން 

9-    ދޮރުތަކުގައި ޑޯސްޓޮޕަރ ހަރުކުރުން.

 

       ވީމާ މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހު މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:30 ކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                    10 މުޙައްރަމް 1446

                    16 ޖުލައި 2024

    

 

 

                                          

 

16 ޖުލައި 2024
ހޯދާ