ދިވެހިރާއްޖެ
މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓް
ހުރާ،
ދިވެހިރާއްޖެ ނަންބަރު: H5C-A/2024/2
އިޢުލާން
މިކޯޓުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
1- ކޯޓުގެ ހުޅަނގު ފަރާތުން ވަންނަން ހުރި ދޮރުގެ ދޮރުފަތް ބޭރަށް ހުޅުވޭގޮތަށް ބަދަލުކުރުން އަދި އޮޅިގަނޑު އެތެރެއަށްލުން.
2- ކޯޓުގެ ނެޓްވޯކް ސްވިޗްތައް ލުމަށްޓަކައި ފާރުގައި ބޮކްސްއެއް ހަރުކުރުން ނުވަތަ ބޮކްސް އެއް ބެހެއްޓުން .
3- ކޯޓުގެ އިދާރީބަޔަށް ވަންނަ ދޮރުގެ ދޮރުކަނީގައި އަޅާފައިވާ ފަތިގަނޑުތައް ވަރުނީސް ކުރުން.
4- އިދާރީބަޔަށް ވަންނަ ދޮރުގައި އައު ތަޅެއް ހަރުކުރުން.
5- ކޯޓު ޢިމާރާތުގެ ފާރުތަކުގައި ލާފައިވާ ރެނދުތައް ބެއްދުން.
6- ފެންވަށް ވެލިއެޅޭ މައްސަލަ ހައްލުކުރުން.
7- ކޯޓުގެ ގޭޓުގައި ހަރުކޮށްފައިވާ ލައިޓް ތައް ބަދަލުކުރުން.
8- ފްލޯ ކޭސިން ހަރުކުރުން
9- ދޮރުތަކުގައި ޑޯސްޓޮޕަރ ހަރުކުރުން.
ވީމާ މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހު މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:30 ކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 މުޙައްރަމް 1446
16 ޖުލައި 2024