ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: IUL)305-ME305/305/2015/56)ފ(11 މޭ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން ތިންވަނަ ފަހަރަށް އިޢުލާނު ކުރީމެވެ.
މިރަށުގެ އުތުރުފަރާތު ބަނދަރުގައި ޖަހާފައިވާ ބައްތިތަކުގައި އެޅުވުމަށް ބަނދަރު ބައްތި ބޮކި ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ.
- ބޮކި ބޭނުންވާ އަދަދަކީ 150 ވޯޓުގެ 15 ބޮތްކެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މޭ 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:30 އަށް މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ބަނދަރު ބައްތީގެ ބޮކި ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ސާފުކުރަން ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް،
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑި ޖެހުމަށްފަހު ހުށަހަޅަން ގެންނަ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެއެވެ.
ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް:
1- އަގަށް %75 (ހުށަހަޅާ އެންމެ ހެޔޮއަގު ÷ ހުށަހެޅި އަގު 75x )
2- މުއްދަތު % 15 (ހުށަހަޅާ އެންމެ ކުރު މުއްދަތު ÷ ހުށަހެޅި މުއްދަތު 15x)
3- ތަޖުރިބާ (ފަންނީ ޤާބިލުކަން) % 10 (މިފަދަ މަސައްކަތެއް ކޮށްފައިވާ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައި)
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30ން މެންދުރުފަހުގެ 14:30 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
02 ޝަޢުބާން 1436