ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)305-ME305/305/2015/64
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2015
ޕަބްލިޝްކުރި ގަޑި: 16:09
ސުންގަޑި: 26 މޭ 2015 14:30
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބައްތީގެ ބޮކި ހޯދުން

މިއިދާރާގެ ނަންބަރު: IUL)305-ME305/305/2015/56)ފ(11 މޭ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން ތިންވަނަ ފަހަރަށް އިޢުލާނު ކުރީމެވެ.

މިރަށުގެ އުތުރުފަރާތު ބަނދަރުގައި ޖަހާފައިވާ ބައްތިތަކުގައި އެޅުވުމަށް ބަނދަރު ބައްތި ބޮކި ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

  • ބޮކި ބޭނުންވާ އަދަދަކީ 150 ވޯޓުގެ 15 ބޮތްކެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މޭ 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:30 އަށް މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ބަނދަރު ބައްތީގެ ބޮކި ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- މަޢުލޫމާތު ސާފުކުރަން ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް،

- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

- ގަޑި ޖެހުމަށްފަހު ހުށަހަޅަން ގެންނަ އަންދާސީހިސާބުތައް

- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެއެވެ.

ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް:

1- އަގަށް  %75 (ހުށަހަޅާ އެންމެ ހެޔޮއަގު ÷ ހުށަހެޅި އަގު 75x )

2- މުއްދަތު % 15 (ހުށަހަޅާ އެންމެ ކުރު މުއްދަތު ÷ ހުށަހެޅި މުއްދަތު 15x)

3- ތަޖުރިބާ (ފަންނީ ޤާބިލުކަން) % 10 (މިފަދަ މަސައްކަތެއް ކޮށްފައިވާ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައި)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30ން މެންދުރުފަހުގެ 14:30 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ޝަޢުބާން 1436

20 މޭ 2015