ދިވެހިރާއްޖެ
ޢިއުލާން
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން އެސޯސިއޭޓް |
އަދަދު: 01 |
ފެންވަރު ނުވަތަ ޝަރުޠު:
|
މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު އަދި ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ސަބާ މޯލްޑިވްސް ޓީ.އެފް.ސީ (ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ) މ.ބޭންފް ވިލާ، ދެވަނަ ފަންގިފިލާ
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00އަށް
މުސާރަ: 12,458.00 – 14,000.00 ދިވެހި ރުފިޔާ (ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު، އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭގޮތުގެ މަތިން)
ވަޒީފާގެ މުއްދަތު: : 7 މަސް ދުވަސް (ކޮންޓްރެކްޓް މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު)
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 1 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ ފޮނުވާނީ ސަބާ މޯލްޑިވްސްއަށް އެޑްރެސްކޮށް މ.ބޭންފް ވިލާ، ދެވަނަ ފަންގިފިލާއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 15:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
29 ރަޖަބު 1436