ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 101-AF/1/2015/
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2015
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 01 ޖޫން 2015 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން އެސޯސިއޭޓް

ޢިއުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން އެސޯސިއޭޓް

އަދަދު: 01

ފެންވަރު ނުވަތަ ޝަރުޠު:

  • ވަޒީފާއާ ގުޅުން ހުރި ދާއިރާ އަކުން އެންމެ ދަށްވެގެން ހަޔަރ ޑިޕްލޮމާ އެއް ހާސިލުކޮށްފައިވުން. މިގޮތުން ޕްރޮޑަކްޝަން އަދި ސަޕްލައި ޗެއިން މެނޭޖްމަންޓްއާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވަޒީފާއާ ގުޅުންހުރި ދާއިރާއެއްގައި 3-2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން މުޢާމަލާތުކުރަން އެގުން.

މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު އަދި ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސަބާ މޯލްޑިވްސް ޓީ.އެފް.ސީ (ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ) މ.ބޭންފް ވިލާ، ދެވަނަ ފަންގިފިލާ

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00އަށް

މުސާރަ: 12,458.00 – 14,000.00 ދިވެހި ރުފިޔާ (ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު، އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭގޮތުގެ މަތިން)

ވަޒީފާގެ މުއްދަތު: : 7 މަސް ދުވަސް (ކޮންޓްރެކްޓް މުއްދަތު އިތުރު  ކުރުމުގެ ފުރުޞަތު)

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 1 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ ފޮނުވާނީ ސަބާ މޯލްޑިވްސްއަށް އެޑްރެސްކޮށް މ.ބޭންފް ވިލާ، ދެވަނަ ފަންގިފިލާއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 15:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 ރަޖަބު 1436

18 މޭ 2015