ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2024/22
އިޢުލާން
ގއ. ސްޓޭޓްހައުސްގައި ކުރަންހުރި މަރާމާތުތައް ކުރުމާއި ބެހޭ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ގއ. އަތޮޅު ސްޓޭޓްހައުސްގެ ފަސްޓްފްލޯގައި ހުރި ކޮޓަރިތަކާއި ފާޚާނާ ތަކުގައި ކުރަންހުރި މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިކައުންސިލްގެ ނަންބަރ: ( 08-05-2024 ) (IUL) 241-B/2024/18 އިއުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތުޝީޓުގައި ހިމަނަންޖެހޭ މުހިއްމު މައުލޫމާތުތަކެއް ހިމެނިފައިނުވާތީ އެއިއުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ގަޑި |
1 |
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް |
08ޖުލައި 2024 |
14.00 |
3 |
އަންދާސީ ހިސާބް ހުށަހެޅުން |
16 ޖުލައި 2024 |
13.00 |
މިމަސައްކަތަށް ދެވޭ މައުލޫމާތު ފޯރުކޮށް ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected] މި މެއިލް އަށް ފޮނުއްވުން އެދެމެވެ.
1- ބިޑް ހުށަހަޅާ ފަރާތުގެ ނަން ( ކުންފުނި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ )
2- ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް
3- ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ
މި މަސައްކަތަށް އަންދާސީ ހިސާބް ހުށަހެޅުއްވޭނީ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް 60%
- ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް 30% ( ތަޖުރިބާ ލިބިފައިވާ ކަމަށް ބަލައިގަންނާނީ ވޭތުވެދިޔަ 5 އަހަރު މިފަދަ މަސައްކަތް ކޮށްފައިވާކަން އަންގައިދޭ ލިޔުންތަކެވެ. )
- ހުށަހަޅާ މުއްދަތަށް 10%
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
26 ޛުލްޙިއްޖާ 1445 ހ
03 ޖުލައި 2024 މ.