ޢާންމު މަޢުލޫމާތު
ނަންބަރު: ( IUL ) 241-A/241/2024/22
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 16 ޖުލައި 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ސްޓޭޓްހައުސްގައި ކުރަންހުރި މަރާމާތުތައް ކުރުމާއި ބެހޭ

                                                      ނަންބަރ: (IUL)241-B/241/2024/22

 

އިޢުލާން

 

ގއ. ސްޓޭޓްހައުސްގައި ކުރަންހުރި މަރާމާތުތައް ކުރުމާއި ބެހޭ

            މިއިދާރާގެ ބެލުމުގެ ދަށުގައިވާ ގއ. އަތޮޅު ސްޓޭޓްހައުސްގެ ފަސްޓްފްލޯގައި ހުރި ކޮޓަރިތަކާއި ފާޚާނާ ތަކުގައި ކުރަންހުރި މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިކައުންސިލްގެ  ނަންބަރ: ( 08-05-2024 ) (IUL) 241-B/2024/18 އިއުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތުޝީޓުގައި ހިމަނަންޖެހޭ މުހިއްމު މައުލޫމާތުތަކެއް ހިމެނިފައިނުވާތީ އެއިއުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  ވީމާ ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

 

ތަފްޞީލް

ތާރީޚް

ގަޑި

1

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް

 08ޖުލައި   2024

14.00

3

އަންދާސީ ހިސާބް ހުށަހެޅުން

16  ޖުލައި  2024

13.00

             މިމަސައްކަތަށް ދެވޭ މައުލޫމާތު ފޯރުކޮށް ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected]   މި މެއިލް އަށް ފޮނުއްވުން އެދެމެވެ.

1-     ބިޑް ހުށަހަޅާ ފަރާތުގެ ނަން ( ކުންފުނި އަމިއްލަ ފަރުދުންގެ  ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ )

2-     ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް

3-     ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ 

         މި  މަސައްކަތަށް އަންދާސީ ހިސާބް ހުށަހެޅުއްވޭނީ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ.  މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް   60%
  • ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް  30%   ( ތަޖުރިބާ ލިބިފައިވާ ކަމަށް ބަލައިގަންނާނީ ވޭތުވެދިޔަ 5 އަހަރު މިފަދަ މަސައްކަތް ކޮށްފައިވާކަން އަންގައިދޭ  ލިޔުންތަކެވެ. )
  • ހުށަހަޅާ މުއްދަތަށް          10%   

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

26 ޛުލްޙިއްޖާ   1445 ހ

03  ޖުލައި   2024 މ.

 

 

 

                  

03 ޖުލައި 2024