ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

ދ.ވާނީ މީހުންނަށް ކުޑަހުވަދޫގައި އަޅާފައިވާ ދާއިމީ ހިޔާތަކުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މަސައްކަތާގުޅޭ އިތުރު ބައެއް މަޢުލޫމާތު ތިރީގައި މިވަނީއެވެ.

މަސައްކަތްތައް

1- ދ.ވާނީ މީހުންނަށް ކުޑަހުވަދޫގައި އަޅާފައިވާ ދާއިމީ ހިޔާތަކުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް (މިއިދާރާއިން ދޭ މަސައްކަތުގެ މަޢުލޫމާތާ އެއްގޮތަށް)

  • މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް 2015 މޭ 26 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
  • މަސައްކަތާ ގުޅިގެން ދެވޭ ޕްރީބިޑްމީޓިންގ އޮންނާނީ 2015 މޭ 26 ވަނަ ދުވަހުގެ 14:00ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • އަންދާސީހިސާބު ހުޅުވުން އޮންނާނީ 2015 މޭ 31 ވަނަ ދުވަހުގެ 10:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

65%

މުއްދަތު

25%

މާލީގޮތުން އެކަން ކުރެވޭފަދަ ފެންވަރު ހުރުން

5%

ފަންނީ ޤާބިލުކަން ހުރި މިންވަރަށް

5%

އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                  

29 ރަޖަބު 1436 

18 މޭ 2015
ހޯދާ