މަސައްކަތް
ނަންބަރު: B-381/I-2015/26
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި:
26 މޭ 2015 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ:
ދ.ވާނީ މީހުންނަށް ކުޑަހުވަދޫގައި އަޅާފައިވާ ދާއިމީ ހިޔާތަކުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މަސައްކަތާގުޅޭ އިތުރު ބައެއް މަޢުލޫމާތު ތިރީގައި މިވަނީއެވެ.
މަސައްކަތްތައް
1- ދ.ވާނީ މީހުންނަށް ކުޑަހުވަދޫގައި އަޅާފައިވާ ދާއިމީ ހިޔާތަކުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް (މިއިދާރާއިން ދޭ މަސައްކަތުގެ މަޢުލޫމާތާ އެއްގޮތަށް)
- މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް 2015 މޭ 26 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
- މަސައްކަތާ ގުޅިގެން ދެވޭ ޕްރީބިޑްމީޓިންގ އޮންނާނީ 2015 މޭ 26 ވަނަ ދުވަހުގެ 14:00ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- އަންދާސީހިސާބު ހުޅުވުން އޮންނާނީ 2015 މޭ 31 ވަނަ ދުވަހުގެ 10:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
65% |
މުއްދަތު |
25% |
މާލީގޮތުން އެކަން ކުރެވޭފަދަ ފެންވަރު ހުރުން |
5% |
ފަންނީ ޤާބިލުކަން ހުރި މިންވަރަށް |
5% |
އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ރަޖަބު 1436
18 މޭ 2015