ދިވެހިރާއްޖެ
އިޢުލާން
ރިސާޗް އެސިސްޓެންޓަކު ހޯދުން:
ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރއިން ހަދަމުންގެންދާ ރިސާޗުގައި، މަސައްކަތްކުރާނެ ރިސާޗް އެސިސްޓެންޓަކު ބޭނުންވެއެވެ.
މުސާރަ: |
މަހަކު -/5،000 ރުފިޔާ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ޝަރުޠު: |
- ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް، އެކްސެލްއާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން) - އެސް. ޕީ. އެސް. އެސް. އަށް އަހުލުވެރިވެފައިވާ އަދި މިފަދަ މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ކުރަންޖެހޭ މަސައްކަތް: |
ރިސާޗުގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސިބަހުންނާއި ދިވެހިބަހުން) ރިސާރޗާ ގުޅޭ އިދާރީ މަސައްކަތް ކުރުން. |
މަސައްކަތް ކުރަންޖެހޭ މުއްދަތު: |
10 ޖޫން 2015 ން 09 ސެޕްޓެންބަރު 2015 ށް (3 މަސް ދުވަސް) |
މަސައްކަތް ކުރަންޖެހޭ ވަގުތު: |
ދުވާލަކު 4 ގަޑިއިރު |
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު) - މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު) - މަސައްކަތުގެ ތަޖުރިބާގެ ލިޔުން. - ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
ސުންގަޑި: |
މިކަމަށް އެދޭ ފަރާތްތަކުން، 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުވުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3345182 ނަންބަރު ފޯނަށް ނުވަތަ 7966799 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
3 ޝަޢުބާން 1436