ދިވެހިރާއްޖެ
އިޢުލާން
ރިސާޗް އެސިސްޓެންޓަކު ހޯދުން:
ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރއިން ހަދަމުންގެންދާ ރިސާޗުގައި، މަސައްކަތްކުރާނެ ރިސާޗް އެސިސްޓެންޓަކު ބޭނުންވެއެވެ.
| މުސާރަ: | މަހަކު -/5،000 ރުފިޔާ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| މަޤާމުގެ ޝަރުޠު: | - ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް، އެކްސެލްއާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން) - އެސް. ޕީ. އެސް. އެސް. އަށް އަހުލުވެރިވެފައިވާ އަދި މިފަދަ މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | 
| ކުރަންޖެހޭ މަސައްކަތް: | ރިސާޗުގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސިބަހުންނާއި ދިވެހިބަހުން) ރިސާރޗާ ގުޅޭ އިދާރީ މަސައްކަތް ކުރުން. | 
| މަސައްކަތް ކުރަންޖެހޭ މުއްދަތު: | 10 ޖޫން 2015 ން 09 ސެޕްޓެންބަރު 2015 ށް (3 މަސް ދުވަސް) | 
| މަސައްކަތް ކުރަންޖެހޭ ވަގުތު: | ދުވާލަކު 4 ގަޑިއިރު | 
| 
 
 ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 
 | - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު) - މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު) - މަސައްކަތުގެ ތަޖުރިބާގެ ލިޔުން. - ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) | 
| ސުންގަޑި: | މިކަމަށް އެދޭ ފަރާތްތަކުން، 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3345182 ނަންބަރު ފޯނަށް ނުވަތަ 7966799 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. | 
3 ޝަޢުބާން 1436