ދިވެހިރާއްޖެ
މި އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދައި، ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ދީނީ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން މި އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކާއި، އާންމުންނަށް އަމާޒުކޮށްގެން ބާއްވާ "ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް - 2024" ، 2024 އޮކްޓޫބަރު 25 ން 26 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ހޯސްޓް ކުރުމާއި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ކުރިއަށް ގެންދަން ބޭނުންވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް: https://forms.office.com/r/VYaW3nQSHA ބޭނުން ކުރުން އެދެމެވެ.
| 
 ތަފްޞީލް  | 
 ތާރީޚާއި ގަޑި  | 
| 
 ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް  | 
 09 ޖުލައި 2024، 13:00  | 
| 
 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  | 
 16 ޖުލައި 2024، 13:00  | 
| 
 ޕްރޮޕޯސަލް ހުށަހެޅުން  | 
 30 ޖުލައި 2024، 13:00  | 
މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، މި ކައުންސިލްގެ އީމެއިލް [email protected] އަށް ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތް ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.
