މުބާރާތް
ނަންބަރު: (IUL) 225-ATSS/225/2024/47
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 09 ޖުލައި 2024 13:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް-2024 ހޯސްޓް ކުރާނެ ރަށެއް ކަނޑައެޅުމާ ބެހޭ

މި އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދައި، ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ދީނީ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން މި އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކާއި، އާންމުންނަށް އަމާޒުކޮށްގެން ބާއްވާ  "ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް - 2024" ،  2024 އޮކްޓޫބަރު 25 ން 26 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ހޯސްޓް ކުރުމާއި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ކުރިއަށް ގެންދަން ބޭނުންވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް: https://forms.office.com/r/VYaW3nQSHA ބޭނުން ކުރުން އެދެމެވެ.

ތަފްޞީލް

ތާރީޚާއި ގަޑި

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް

09 ޖުލައި 2024، 13:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

16 ޖުލައި 2024، 13:00

ޕްރޮޕޯސަލް ހުށަހެޅުން

30 ޖުލައި 2024، 13:00

މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، މި ކައުންސިލްގެ އީމެއިލް [email protected]  އަށް  ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތް ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.

27 ޖޫން 2024