ދިވެހިރާއްޖެ
ITEC - Statistical Theory and Applications |
އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ޕްރޮގްރާމް (އައިޓެކް)ގެ ދަށުން އިންޑިއާގައި ހިންގުމަށް ހަމަޖެހިފައިވާ "ސްޓެޓިސްޓިކަލް ތިއޮރީ އެންޑް އެޕްލިކޭޝަންސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ އަންގާފައެވެ. މިއީ 1 އޮގަސްޓް 2024 އިން 31 މެއި 2025 އަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ޚަރަދުތަކުގެ ތަފްސީލް ވެބްސައިޓް (https://www.itecgoi.in/terms_and_condition) އިން ލިބެން ހުންނާނެއެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ޖުލައި 2024 ގެ ކުރިން އެފަރާތުގެ އެޕްލިކޭޝަން ވެބްސައިޓް (https://www.itecgoi.in/upcoming_course) މެދުވެރިކޮށް ހުށަހެޅުމަށްފަހު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމްއާއި ހުށަހަޅަންޖެހޭ އެހެނިހެން ޑޮކިއުމެންޓްތައް [email protected] އާއި [email protected] އީ.މެއިލް އެޑްރެސްއަށް ފޮނުއްވައި ދެއްވުން އެދެމެވެ. މި ޕްރޮގްރާމާ ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު https://www.itecgoi.in/upcoming_course ވެބްސައިޓް އިން ލިބެން ހުންނާނެއެވެ. ......................................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. |