ތަމްރީނު
ނަންބަރު: (IUL)475-Schol/475/2024/108
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 01 ޖުލައި 2024 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ITEC - Statistical Theory and Applications

 

ITEC - Statistical Theory and Applications

 

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ޕްރޮގްރާމް (އައިޓެކް)ގެ ދަށުން އިންޑިއާގައި ހިންގުމަށް ހަމަޖެހިފައިވާ "ސްޓެޓިސްޓިކަލް ތިއޮރީ އެންޑް އެޕްލިކޭޝަންސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ އަންގާފައެވެ. މިއީ 1 އޮގަސްޓް 2024 އިން 31 މެއި 2025 އަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ޚަރަދުތަކުގެ ތަފްސީލް  ވެބްސައިޓް (https://www.itecgoi.in/terms_and_condition) އިން ލިބެން ހުންނާނެއެވެ. 

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ޖުލައި 2024 ގެ ކުރިން އެފަރާތުގެ އެޕްލިކޭޝަން ވެބްސައިޓް

(https://www.itecgoi.in/upcoming_course) މެދުވެރިކޮށް ހުށަހެޅުމަށްފަހު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމްއާއި ހުށަހަޅަންޖެހޭ އެހެނިހެން ޑޮކިއުމެންޓްތައް  [email protected] އާއި [email protected] އީ.މެއިލް އެޑްރެސްއަށް

ފޮނުއްވައި ދެއްވުން އެދެމެވެ. މި ޕްރޮގްރާމާ ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު  https://www.itecgoi.in/upcoming_course ވެބްސައިޓް އިން ލިބެން ހުންނާނެއެވެ. 

.........................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން          ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

24 ޖޫން 2024