މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގު ބަންދުކުރާ ބޯޑު ބޭނުންކުރަން ފެށުން
މިއިދާރާއިން 01 ނޮވެމްބަރު 2023 ގައި އެކުލަވާލާފައިވާ " މަގުމަތި ބޭނުންކުރުމުގެ އުޞޫލު " ގެ ދަށުން މަގުކޮނުމަށާއި، މަގުގައި އެއްޗެތި ވަޅުލުމަށާއި، އަދި މިނޫންވެސް މަގުބަންދުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނީ އެކަމަށް އެދި 3 ދުވަސްކުރިން ފޯމު ހުށަހެޅުމުން، އެކަމަށް ދޫކުރެވޭ ހުއްދައާއެކު ކައުންސިލްގެ އިދާރާއިން ދޫކުރާ މަގުބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ. ހުއްދަ ނުލިބި، އަދި ބޯޑު ނުބަހައްޓައި މަސައްކަތްކުރާނަމަ އެކަން ހުއްޓުވައި ޖުރުމާނާ ކުރެވޭނެއެވެ. ދޫކުރެވޭ ބޯޑުތަކަށް ކަނޑައެޅިފައިވާ ފީގެ ތަފްޞީލް ތިރިގައިވާ ތާވަލުގައި އެވަނީއެވެ.
ޢުމްރާނީ މަސައްކަތަކަށް | |
ވަގުތު | ރޭޓް (ރުފިޔާ) |
ފުރަތަމަ 6 (ހައެއް) ގަޑީރު | -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) |
6 ގަޑީރަށްވުރެން އިތުރަށް ހިނގާ ކޮންމެ ގަޑީރަކަށް | -/150 (ސަތޭކަ ފަންސާސް ރުފިޔާ) |
އިޖުތިމާޢީހަރަކާތެއް ނުވަތަ މަސައްކަތެއް | |
ފުރަތަމަ 6 (ހައެއް) ގަޑީރު | -/150 (ސަތޭކަ ފަންސާސް ރުފިޔާ) |
6 (ހައެއް)ގަޑީރަށް ވުރެން އިތުރަށް ހިނގާ ކޮންމެ ގަޑީރަކަށް | -/50 (ފަންސާސް ރުފިޔާ) |
އެހެނިހެންމަސައްކަތްތަކަށް އަދި ޙަރަކާތްތަކަށް | |
ފުރަތަމަ 2 (ދޭއް) ގަޑީރު | ހިލޭ |
ފުރަތަމަ 2 (ދޭއް) އިން ފުރަތަމަ 6 (ހައެއް) ގަޑީރު | -/75 (ހަތްދިހަފަސް ރުފިޔާ) |
ގަޑީރަށްވުރެން އިތުރަށް ހިނގާ ކޮންމެ ގަޑީރަކަށް | -/50 (ފަންސާސް ރުފިޔާ) |
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
09 ޖޫން 2024
ހޯދާ