ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)297/297/2024/57
                    ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2024
                    ޕަބްލިޝްކުރި ގަޑި:  15:25
                    
                މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މަގު ބަންދުކުރާ ބޯޑު ބޭނުންކުރަން ފެށުން
                                މިއިދާރާއިން 01 ނޮވެމްބަރު 2023 ގައި އެކުލަވާލާފައިވާ " މަގުމަތި ބޭނުންކުރުމުގެ އުޞޫލު " ގެ ދަށުން މަގުކޮނުމަށާއި، މަގުގައި އެއްޗެތި ވަޅުލުމަށާއި، އަދި މިނޫންވެސް މަގުބަންދުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނީ އެކަމަށް އެދި 3 ދުވަސްކުރިން ފޯމު ހުށަހެޅުމުން، އެކަމަށް ދޫކުރެވޭ ހުއްދައާއެކު ކައުންސިލްގެ އިދާރާއިން ދޫކުރާ މަގުބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ. ހުއްދަ ނުލިބި، އަދި ބޯޑު ނުބަހައްޓައި މަސައްކަތްކުރާނަމަ އެކަން ހުއްޓުވައި ޖުރުމާނާ ކުރެވޭނެއެވެ. ދޫކުރެވޭ ބޯޑުތަކަށް ކަނޑައެޅިފައިވާ ފީގެ ތަފްޞީލް ތިރިގައިވާ ތާވަލުގައި އެވަނީއެވެ.
| ޢުމްރާނީ މަސައްކަތަކަށް | |
| ވަގުތު | ރޭޓް (ރުފިޔާ) | 
| ފުރަތަމަ 6 (ހައެއް) ގަޑީރު | -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) | 
| 6 ގަޑީރަށްވުރެން އިތުރަށް ހިނގާ ކޮންމެ ގަޑީރަކަށް | -/150 (ސަތޭކަ ފަންސާސް ރުފިޔާ) | 
| އިޖުތިމާޢީހަރަކާތެއް ނުވަތަ މަސައްކަތެއް | |
| ފުރަތަމަ 6 (ހައެއް) ގަޑީރު | -/150 (ސަތޭކަ ފަންސާސް ރުފިޔާ) | 
| 6 (ހައެއް)ގަޑީރަށް ވުރެން އިތުރަށް ހިނގާ ކޮންމެ ގަޑީރަކަށް | -/50 (ފަންސާސް ރުފިޔާ) | 
| އެހެނިހެންމަސައްކަތްތަކަށް އަދި ޙަރަކާތްތަކަށް | |
| ފުރަތަމަ 2 (ދޭއް) ގަޑީރު | ހިލޭ | 
| ފުރަތަމަ 2 (ދޭއް) އިން ފުރަތަމަ 6 (ހައެއް) ގަޑީރު | -/75 (ހަތްދިހަފަސް ރުފިޔާ) | 
| ގަޑީރަށްވުރެން އިތުރަށް ހިނގާ ކޮންމެ ގަޑީރަކަށް | -/50 (ފަންސާސް ރުފިޔާ) | 
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
                09 ޖޫން 2024