މަޤާމު:
|
ޕްރޮކިއުމަންޓް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
އަސާސީ މުސާރަ:
|
-/5،000 ރުފިޔާ |
އެލެވެންސް:
|
- އަސާސީ މުސާރަ: -/5،000 ރުފިޔާ
- ޕްރޮފެޝަނަލް އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ
- ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
- ފޯން އެލަވަންސް: -/200 ރުފިޔާ
|
އިތުރު ގަޑި:
|
ރަސްމީ ގަޑި ފިޔަވައި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލެވަންސް ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- ދިވެހި ބަހުންނައި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ބިޑް ޑޮކިޔުމަންޓް ތައްޔާރުކުރުން
- ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ތައްޔާރުކުރުން
- ބިޑް އިވެލުއޭޝަން މަސައްކަތައް ބޭނުންވާ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ކޮމެޓީއަށް ހުށަހެޅުން
- ބިޑް އިވެލުއޭޝަން ކޮމެޓީގެ މަސައްކަތްތައް ބެލެހެއްޓުން
- ކޯޕަރޭޝަނަށް ބޭނުންވާ ތަކެތީގެ އަގު ހޯދުމާއި އަގު އިވެލުއޭޝަން ފޯމު ތައްޔާރުކުރުން
- ޕީ.އޯ ތައްޔާރުކުރުން
- ހޯދާ ތަކެއްޗާއި ޚިދުމަތާ ގުޅިގެން ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ޕޭމަންޓް ހެދުމަށް ފޮނުވުން
- ކޯޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްކުރުން.
- ބިޑޮކޮށްގެން ހަވާލުވެފައިވާ މަސައްކަތުގެ ބިލްތައް އައުމުން ސަޕޯޓިންގ ޑޮކިއުމެންޓް ހަމަކޮށް، އެކައުންޓްސް ޑިޕާޓްމަންޓަށް ފޮނުވުމާއި ޕޭމަންޓް ކަންތައް ކުރިއަށްދާގޮތް ބެލުން.
- ކޯޕަރޭޝަން ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަތުން
- މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން
|
މަސައްކަތު ވަގުތު:
|
ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވީރު 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)
ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމާއި ތަމްރީނުތަކުގެ ސެޓުފިކެޓު ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
|
ސުން ގަޑި:
|
24 މޭ 2015 ވާ އާދީއްތަ ދުވަހު 15:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
|
ނޯޓު:
|
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
|