ވަޒީފާގެ ފުރުޞަތު
ނަންބަރު: MHCL/IUL/2015/26
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2015
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 24 މޭ 2015 15:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/5،000 ރުފިޔާ

އެލެވެންސް:

  • އަސާސީ މުސާރަ: -/5،000 ރުފިޔާ
  • ޕްރޮފެޝަނަލް އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ
  • ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
  • ފޯން އެލަވަންސް: -/200 ރުފިޔާ

އިތުރު ގަޑި:

ރަސްމީ ގަޑި ފިޔަވައި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލެވަންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 
  • ދިވެހި ބަހުންނައި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ބިޑް ޑޮކިޔުމަންޓް ތައްޔާރުކުރުން
  • ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ތައްޔާރުކުރުން
  • ބިޑް އިވެލުއޭޝަން މަސައްކަތައް ބޭނުންވާ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ކޮމެޓީއަށް ހުށަހެޅުން
  • ބިޑް އިވެލުއޭޝަން ކޮމެޓީގެ މަސައްކަތްތައް ބެލެހެއްޓުން
  • ކޯޕަރޭޝަނަށް ބޭނުންވާ ތަކެތީގެ އަގު ހޯދުމާއި އަގު އިވެލުއޭޝަން ފޯމު ތައްޔާރުކުރުން
  • ޕީ.އޯ ތައްޔާރުކުރުން
  • ހޯދާ ތަކެއްޗާއި ޚިދުމަތާ ގުޅިގެން ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ޕޭމަންޓް ހެދުމަށް ފޮނުވުން
  • ކޯޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްކުރުން.
  • ބިޑޮކޮށްގެން ހަވާލުވެފައިވާ މަސައްކަތުގެ ބިލްތައް އައުމުން ސަޕޯޓިންގ ޑޮކިއުމެންޓް ހަމަކޮށް، އެކައުންޓްސް ޑިޕާޓްމަންޓަށް ފޮނުވުމާއި ޕޭމަންޓް ކަންތައް ކުރިއަށްދާގޮތް ބެލުން.
  • ކޯޕަރޭޝަން ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަތުން
  • މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން

މަސައްކަތު ވަގުތު:

ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވީރު 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)

ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް

ހުށައަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނުތަކުގެ ސެޓުފިކެޓު ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

24 މޭ 2015 ވާ އާދީއްތަ ދުވަހު 15:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

12 މޭ 2015