ދިވެހިރާއްޖެ
ފުވައްމުލަކު ބަންޑާރަކިޅީގައިވާ އިމާރާތްތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން ކުރެވުނު މި އިދާރާގެ ނަންބަރު IUL)243-S01/PRIV/2015/14) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ފޮތް ގަނެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކު ބަންޑާރަކިޅީގައިވާ އިމާރާތްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2015 މޭ 17 ވާ އާދީއްތަ ދުވަހު 14:00 ގައި ފުވައްމުލަކު އަތޮޅުގޭގެ މީޓިން ރޫމްގައި އޮންނާނެއެވެ. ބަންޑާރަކިޅި ކުއްޔަށް ހިފުމާ ބެހޭ ބީލަން ފޮތް 19 މޭ 2015 ވަނަ ދުވަހުން ފެށިގެން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމަޔަށް ސޮފްޓްކޮޕީ ފޯމެޓުގައި ފުވައްމުލަކު އަތޮޅުކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 2000.00 (ދެހާސް ރުފިޔާ) އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ފުވައްމުލަކު އަތޮޅުގެ މީޓިންގ ރޫމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭން ހަމަޖެހިފައިވާ އުސޫލުތައް ތިރީގައި މިވަނީއެވެ.
1. |
ތަނުގެ ކުލި |
40 |
2. |
މާލީ ޤާބިލްކަން |
20 |
3. |
ތަޖުރިބާ |
10 |
4. |
ވަޒީފާ އުފައްދާ މިންވަރު |
05 |
5. |
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ |
05 |
6. |
އިންވެސްޓްމަންޓް |
20 |
21 ރަޖަބު 1436