ކުއްޔަށް ދިނުން
ނަންބަރު: (IUL)243-S01/INDIV/2015/15
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2015
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 28 މޭ 2015 14:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ބަންޑާރަކިޅީގައިވާ އިމާރާތްތައް ކުއްޔަށް ދިނުން

ފުވައްމުލަކު ބަންޑާރަކިޅީގައިވާ އިމާރާތްތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން  ކުރެވުނު  މި އިދާރާގެ ނަންބަރު IUL)243-S01/PRIV/2015/14) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ފޮތް ގަނެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ފުވައްމުލަކު ބަންޑާރަކިޅީގައިވާ އިމާރާތްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2015 މޭ 17 ވާ އާދީއްތަ ދުވަހު 14:00 ގައި ފުވައްމުލަކު އަތޮޅުގޭގެ މީޓިން ރޫމްގައި އޮންނާނެއެވެ. ބަންޑާރަކިޅި ކުއްޔަށް ހިފުމާ ބެހޭ ބީލަން ފޮތް  19 މޭ 2015 ވަނަ ދުވަހުން ފެށިގެން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމަޔަށް ސޮފްޓްކޮޕީ ފޯމެޓުގައި ފުވައްމުލަކު އަތޮޅުކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 2000.00 (ދެހާސް ރުފިޔާ) އެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ފުވައްމުލަކު އަތޮޅުގެ މީޓިންގ ރޫމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭން ހަމަޖެހިފައިވާ އުސޫލުތައް ތިރީގައި މިވަނީއެވެ.

1.

ތަނުގެ ކުލި

40

2.

މާލީ ޤާބިލްކަން

20

3.

ތަޖުރިބާ

10

4.

ވަޒީފާ އުފައްދާ މިންވަރު

05

5.

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ

05

6.

އިންވެސްޓްމަންޓް

20

21 ރަޖަބު 1436

10 މޭ 2015