ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/192 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
GSRF-PSM TVM Pro/2024/113 |
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރުމަށް ތީމް ސޯންގެއް (ދިވެހި ލަވައެއް) ތައްޔާރު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)PSM-FP/PSM/2024/190 އިޢުލާންގެ މައުލޫމާތަށް ބަދަލުއައިސްފައިވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ލަވަ ތައްޔާރުކުރާ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް:
- ލަވައިގެ ޅެން ހެދުން
- ލަވައިގެ މިއުޒިކް ކޮމްޕޯސްކޮށް މިއުޒިކް ރެކޯޑިންގ
- ލަވައިގެ މިކްސިންގ އަދި މާސްޓަރިންގ
- ލަވަކިޔުން (އަންހެން / ފިރިހެން)
- ލަވައިގެ ފޯރިގެނައުމަށް ބޮޑުބެރު ޕާރފޯމަންސް ހިމެނުން
ވީމާ، މި މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00 ކުރިން ދީފައިވާ މެއިލްއަށް އަގާއި މަސައްކަތް ނިންމޭނެ މުއްދަތު އެނގޭނެގޮތަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.
ކޯޓޭޝަން މެއިލްކުރާނީ: [email protected]
26 ޛުލްޤަޢިދާ 2024
03 ޖޫން 2024