މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2024/192
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 21:28
ސުންގަޑި: 05 ޖޫން 2024 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރުމަށް ތީމް ސޯންގެއް (ދިވެހި ލަވައެއް) ތައްޔާރު ކޮށްދޭނެފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2024/192

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

GSRF-PSM TVM Pro/2024/113

 

 

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މިކުންފުނިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރުމަށް ތީމް ސޯންގެއް (ދިވެހި ލަވައެއް) ތައްޔާރު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)PSM-FP/PSM/2024/190 އިޢުލާންގެ މައުލޫމާތަށް ބަދަލުއައިސްފައިވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ލަވަ ތައްޔާރުކުރާ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް:

  • ލަވައިގެ ޅެން ހެދުން
  • ލަވައިގެ މިއުޒިކް ކޮމްޕޯސްކޮށް މިއުޒިކް ރެކޯޑިންގ
  • ލަވައިގެ މިކްސިންގ އަދި މާސްޓަރިންގ
  • ލަވަކިޔުން (އަންހެން / ފިރިހެން)
  • ލަވައިގެ ފޯރިގެނައުމަށް ބޮޑުބެރު ޕާރފޯމަންސް ހިމެނުން

ވީމާ، މި މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00 ކުރިން ދީފައިވާ މެއިލްއަށް އަގާއި މަސައްކަތް ނިންމޭނެ މުއްދަތު އެނގޭނެގޮތަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.

ކޯޓޭޝަން މެއިލްކުރާނީ: [email protected]

 

                      26 ޛުލްޤަޢިދާ 2024

                      03 ޖޫން 2024 

03 ޖޫން 2024