ދިވެހިރާއްޖެ
މިރަށު ކުޑަކުދިންގެ ޕާކަށް ބޭނުންވާ ބައެއް ކުޅޭ ސާމާނާއި ލައިޓް ޕޯސްޓް މި ކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ޖޫން 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައި އެވަނީއެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ބިޑް ހުށަހެޅުން |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
11 ޖޫން 2024 |
އަންގާރަ |
11:00 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.