ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)389/389/2024/17
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 10 ޖޫން 2024 11:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ހިރިލަންދޫ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު ކުޑަކުދިންގެ ޕާކަށް ބޭނުންވާ ބައެއް ކުޅޭ ސާމާނާއި ލައިޓް ޕޯސްޓް މި ކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ޖޫން 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައި އެވަނީއެވެ.

 

ތަން

ތާރީޚް

ދުވަސް

ގަޑި

ބިޑް ހުށަހެޅުން

ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ

11 ޖޫން 2024

 އަންގާރަ

11:00

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

02 ޖޫން 2024