މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ ފުޓްސެލް ދަނޑުގައި ލައިވްހަޓެއް އަޅައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ނ. މާޅެންދޫ ފުޓްސެލް ދަނޑުގައި ލައިވްހަޓެއް އަޅައިދޭނެ ފަރާތެއް ހޯދުން

            ނ. މާޅެންދޫ ފުޓްސެލް ދަނޑުގައި ލައިވްހަޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

            މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 މެއި 2024 (ބުރާސްފަތި) ދުވަހުގެ 13:30 ގެ  ކުރިން މިއިޢްލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އިޢުލާނާއި ގުޅިގެން ރެޖިސްޓްރީ ކޮށްފައިވަ ފަރާތްތަކަށް މަޢްލޫމާތުދިނުމަށް ބާއްވާ ބައްދަލްވުން އޮންނާނީ 1 ޖޫން 2024 (އާދީއްތަ) ދުވަހު 13:00 ގައި ނ. މާޅެންދޫ ކައުންސިލު އިދާރާގެ މީޓިންރޫމްގައެވެ.  މިއިޢުލާނާއި ގުޅޭ ފޯމްތަކާއި، ކުރެހުމާއި، މައުލޫމާތު ކަރުދާސްތައް މިބައްދަލުވުމުގައި ހަވާލުކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 05 ޖޫން  2024 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.  

އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

26 މޭ 2024
ހޯދާ