ދިވެހިރާއްޖެ
އިޢުލާން
ނ. މާޅެންދޫ ފުޓްސެލް ދަނޑުގައި ލައިވްހަޓެއް އަޅައިދޭނެ ފަރާތެއް ހޯދުން
ނ. މާޅެންދޫ ފުޓްސެލް ދަނޑުގައި ލައިވްހަޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 މެއި 2024 (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން މިއިޢްލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
އިޢުލާނާއި ގުޅިގެން ރެޖިސްޓްރީ ކޮށްފައިވަ ފަރާތްތަކަށް މަޢްލޫމާތުދިނުމަށް ބާއްވާ ބައްދަލްވުން އޮންނާނީ 1 ޖޫން 2024 (އާދީއްތަ) ދުވަހު 13:00 ގައި ނ. މާޅެންދޫ ކައުންސިލު އިދާރާގެ މީޓިންރޫމްގައެވެ. މިއިޢުލާނާއި ގުޅޭ ފޯމްތަކާއި، ކުރެހުމާއި، މައުލޫމާތު ކަރުދާސްތައް މިބައްދަލުވުމުގައި ހަވާލުކުރެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 05 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.
އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.
ރެޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.