މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ދަނޑުވެރިކަން ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ދަނޑުވެރިކަން ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން
1. .ރ.އިނގުރައިދޫގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރުމަށް ކުލީ ބިން ދޫކުރުމަށް ކުރެވިފައިވާ ނަންބަރު: (IUL)309-ESM/309/2024/58 (23 މޭ 2024) އިޢުލާނަށް ބަދަލު ގެނެވިފައިވާތީވެ އެ އިޢުލާން ބާޠިލްކޮށް، ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރުމަށް ކުލީ ބިމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.
- ބިމުގެ އަދަދު: 20 ދަނޑުބިން.
- ބިމުގެ ބޮޑުމިން 100×50 (5000 އަކަފޫޓް)
- ބިން ދޫކުރާ މުއްދަތު: 05 (ފަހެއް) އަހަރު ދުވަސް.
- ބިމު ކުލި: އަކަފޫޓަކަށް 0.05ރ (ފަސް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.
- 2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ
- 3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- 4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 10 ޖޫން 2024 ވާ ހޯމަ ދުވަހު 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- 5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- 6. ކުލީ ބިންތައް ހިމެނޭ ޗާޓް:
- 7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 މޭ 2024
ހޯދާ