ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2024/62
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 04 ޖޫން 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ދަނޑުވެރިކަން ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު – ދަނޑުވެރިކަން ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

1. .ރ.އިނގުރައިދޫގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރުމަށް ކުލީ ބިން ދޫކުރުމަށް ކުރެވިފައިވާ ނަންބަރު: (IUL)309-ESM/309/2024/58 (23 މޭ 2024)  އިޢުލާނަށް ބަދަލު ގެނެވިފައިވާތީވެ އެ އިޢުލާން ބާޠިލްކޮށް، ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރުމަށް ކުލީ ބިމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.

  • ބިމުގެ އަދަދު: 20 ދަނޑުބިން.
  • ބިމުގެ ބޮޑުމިން 100×50 (5000 އަކަފޫޓް)  
  • ބިން ދޫކުރާ މުއްދަތު: 05 (ފަހެއް) އަހަރު ދުވަސް.
  • ބިމު ކުލި: އަކަފޫޓަކަށް 0.05ރ (ފަސް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.     
  • 2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ
  • 3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  • 4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 10 ޖޫން 2024 ވާ ހޯމަ ދުވަހު  10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  • 5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  • 6. ކުލީ ބިންތައް ހިމެނޭ ޗާޓް:
  • 7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

        ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

26 މޭ 2024