ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕީ.ސީ.ޓީ.އީ ގްރޫޕް އޮފް އިންސްޓިޓިއުޓްސް އިން ދެއްވާ ފުލް އަދި ޕާރޝަލް ސްކޮލަރޝިޕްސް

ޕީ.ސީ.ޓީ.އީ ގްރޫޕް އޮފް އިންސްޓިޓިއުޓްސް އިން ދެއްވާ ފުލް އަދި ޕާރޝަލް ސްކޮލަރޝިޕްސް

މިއީ 15 ޖަނަވަރީ 2015 ގައި ކުރެވިފައިވާ IUL)166-schol/166/2015/06) ނަންބަރު އިޢުލާނަށް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

01 މާސްޓަރސް ޑިގްރީ

02 ބެޗްލަރސް ޑިގްރީ

ކޯހުގެ އަދަދު

- މާސްޓަރސް އިން ކޮމްޕިއުޓަރ އެޕްލިކޭޝަން (3 އަހަރު)

- މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (2 އަހަރު)

- މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަރނޭޝަނަލް ބިޒްނަސް (2 އަހަރު)

- ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން މެނޭޖްމަންޓް (2 އަހަރު)

- މާސްޓަރސް އިން ފާރމަސީ (2 އަހަރު)

- ބެޗްލަރސް އޮފް ސައިންސް (އެއަރލައިންސް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ) (3 އަހަރު)

- ބެޗްލަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (3 އަހަރު)

- ބެޗްލަރސް އިން ކޮމްޕިއުޓަރ އެޕްލިކޭޝަން (3 އަހަރު)

- ބެޗްލަރސް އިން ކޮމާރސް (3 އަހަރު)

- ބެޗްލަރސް އޮފް ސައިންސް (ބަޔޮޓެކްނޮލޮޖީ) (3 އަހަރު)

- ބެޗްލަރސް އިން ހޮޓެލް މެނޭޖްމަންޓް އެންޑް ކޭޓަރިންގ ޓެކްނޮލޮޖީ (4 އަހަރު)

- ބެޗްލަރސް އިން ފާރމަސީ (4 އަހަރު)

ކޯހުގެ ދާއިރާ އަދި މުއްދަތު

އިންޑިޔާ

ޤައުމު

ބެޗްލަރސް ޑިގްރީ

  • ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޭލެވްލް އިމްތިޙާނުގެ 03 މާއްދާއިން 'އީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން.

    - ބަޔޮޓެކްނޮލޮޖީއާއި ފާރމަސީ ކޯހަށް އެޕްލައިކުރާއިރު، 03 މާއްދާގެ ތެރޭގައި ފިޒިކްސް އަދި ކެމިސްޓްރީ ހިމެނެން ޖެހޭނެއެވެ. އަދި ހިސާބު ނުވަތަ ބައެލޮޖީއިން ކުރެ 1 މާއްދާ ހިމެނެން ޖެހޭނެއެވެ.

    - ކޮމާރސް އަށް އެޕްލައިކުރާއިރު، ބިޒްނަނސް/ކޮމާރސް ސްޓްރީމްގެ މާއްދާތައް ހަދާފައިވާންޖެހޭނެއެވެ.  

    - އެހެން ކޯސްތަކަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން 03 މާއްދާއިން ފާސްވާ ދަރިވަރުންނަށް ފުރުޞަތު ދިނުމަށްފަހު، އިތުރު ފުރުޞަތު އޮތްނަމަ، 02 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް ފުރުޞަތު ދެވޭނެއެވެ. އަދި

  • ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.ސީ 5 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއްފެންވަރު އިމްތިޙާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

މާސްޓަރސް ޑިގްރީ

  • ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.  

މިސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.

1- އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 26 މޭ 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

   ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

   ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

   ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

   ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

2- ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އިން ޢަމަލުކުރާނެ އުސޫލު" ގެ ދަށުންނެއެވެ.

  • މިކޯސްތަކުގެ އިތުރު ޝަރުޠުތަކާއި ކޯހާބެހޭ މަޢުލޫމާތު ޕީ.ސީ.ޓީ.އީ ގްރޫޕް އޮފް އިންސްޓިޓިއުޓްސް ގެ ވެބްސައިޓް www.pcte.edu.in ލިބެން ހުންނާނެއެވެ.

ކޯހުގެ ޝަރުޠު:

  • މިސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ ދެއްވުމަށް ހަމަޖެހިފައިވަނީ ޕީ.ސީޓީ.އީ ގެ ފަރާތުންނެވެ.
  • އަދި ތިރީގައި ބަޔާން ކުރެވިފައިވާ ފަދައިން ހުރުމާއި ކެއުމުގެ ޚަރަދު ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެފަރާތުން އަންގަވާފައިވެއެވެ.

    -  100% 01 ކެންޑިޑޭޓަށް

    -  75% 01 ކެންޑިޑޭޓަށް

    - 50% 02 ކެންޑިޑޭޓުންނަށް  

  • ހުރުމާއި ކެއުމަށް ސްކޮލަރޝިޕް ދޭފަރާތުން ދެވޭނެ ޚަރަދުގެ ތަފުސީލު ހިމެނޭ ލިޔުން މިޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.
  • މީގެއިތުރުން ކޯހަށް ހިނގާ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށެވެ.
  • މިސްކޮލަރޝިޕްގެ ކިޔެވުން ފެށެން ހަމަޖެހިފައިވަނީ 2015 ވަނަ އަހަރު އޮގަސްޓުމަހުގެ ފުރަތަމަ ހަފުތާގައެވެ.
  • ބެޗްލަރސް ޑިގްރީ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެއްކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާނަމަ ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.އެސް.ސީ އިމްތިޙާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.
  • ތަޢުލީމީ ސެޓުފިކެޓުތައް (ޑިޕްލޮމާ އަދި އެއަށްވުރެ މަތީ) ވާން ޖެހޭނީ MQA އިން ވެލިޑޭޓް ކުރެވިފައެވެ.  އަދި ބެޗްލާރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ، އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް އެކްރިޑިޓޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • މި ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޑިޕްލޮމާ/ބެޗްލާރސްޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ އާންމުކޮށް މި ޑިޕާޓްމަންޓުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ސްކީމް ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕރާޓްމަންޓް ބަލަމުން ގެންދާ އުސޫލުގެ މަތިންނެވެ. މި ޑިޕާޓްމަންޓުން ޕޮއިންޓް ދޭ ގޮތް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެވެ.
  • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިއިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީ ތަޢުލީމާއި ތަމްރީނަށް  ބައިލެޓަރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާން ކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޢަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، ކޯހުގެ "ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކަށް" ވެސް ފުރިހަމަވާންޖެހޭ ޝަރުޠު ނަންބަރު 01 ގައި ބަޔާންކޮށްފައިވާ މުއްދަތަށް 26 މޭ 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށް ދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
  • ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 26 މޭ 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 14:30 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341380 އިން ލިބިވަޑައިގަންނަވާނެއެވެ.

03 މޭ 2015
ހޯދާ