ދިވެހިރާއްޖެ
ޕީ.ސީ.ޓީ.އީ ގްރޫޕް އޮފް އިންސްޓިޓިއުޓްސް އިން ދެއްވާ ފުލް އަދި ޕާރޝަލް ސްކޮލަރޝިޕްސް |
||
މިއީ 15 ޖަނަވަރީ 2015 ގައި ކުރެވިފައިވާ IUL)166-schol/166/2015/06) ނަންބަރު އިޢުލާނަށް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ. |
||
01 މާސްޓަރސް ޑިގްރީ |
02 ބެޗްލަރސް ޑިގްރީ |
ކޯހުގެ އަދަދު |
- މާސްޓަރސް އިން ކޮމްޕިއުޓަރ އެޕްލިކޭޝަން (3 އަހަރު) - މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (2 އަހަރު) - މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަރނޭޝަނަލް ބިޒްނަސް (2 އަހަރު) - ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން މެނޭޖްމަންޓް (2 އަހަރު) - މާސްޓަރސް އިން ފާރމަސީ (2 އަހަރު) |
- ބެޗްލަރސް އޮފް ސައިންސް (އެއަރލައިންސް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ) (3 އަހަރު) - ބެޗްލަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (3 އަހަރު) - ބެޗްލަރސް އިން ކޮމްޕިއުޓަރ އެޕްލިކޭޝަން (3 އަހަރު) - ބެޗްލަރސް އިން ކޮމާރސް (3 އަހަރު) - ބެޗްލަރސް އޮފް ސައިންސް (ބަޔޮޓެކްނޮލޮޖީ) (3 އަހަރު) - ބެޗްލަރސް އިން ހޮޓެލް މެނޭޖްމަންޓް އެންޑް ކޭޓަރިންގ ޓެކްނޮލޮޖީ (4 އަހަރު) - ބެޗްލަރސް އިން ފާރމަސީ (4 އަހަރު) |
ކޯހުގެ ދާއިރާ އަދި މުއްދަތު |
އިންޑިޔާ |
ޤައުމު |
|
ބެޗްލަރސް ޑިގްރީ
- ބަޔޮޓެކްނޮލޮޖީއާއި ފާރމަސީ ކޯހަށް އެޕްލައިކުރާއިރު، 03 މާއްދާގެ ތެރޭގައި ފިޒިކްސް އަދި ކެމިސްޓްރީ ހިމެނެން ޖެހޭނެއެވެ. އަދި ހިސާބު ނުވަތަ ބައެލޮޖީއިން ކުރެ 1 މާއްދާ ހިމެނެން ޖެހޭނެއެވެ. - ކޮމާރސް އަށް އެޕްލައިކުރާއިރު، ބިޒްނަނސް/ކޮމާރސް ސްޓްރީމްގެ މާއްދާތައް ހަދާފައިވާންޖެހޭނެއެވެ. - އެހެން ކޯސްތަކަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން 03 މާއްދާއިން ފާސްވާ ދަރިވަރުންނަށް ފުރުޞަތު ދިނުމަށްފަހު، އިތުރު ފުރުޞަތު އޮތްނަމަ، 02 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް ފުރުޞަތު ދެވޭނެއެވެ. އަދި
މާސްޓަރސް ޑިގްރީ
މިސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ. 1- އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 26 މޭ 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި 2- ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އިން ޢަމަލުކުރާނެ އުސޫލު" ގެ ދަށުންނެއެވެ.
|
ކޯހުގެ ޝަރުޠު: |
|
- 100% 01 ކެންޑިޑޭޓަށް - 75% 01 ކެންޑިޑޭޓަށް - 50% 02 ކެންޑިޑޭޓުންނަށް
|
އިތުރު މަޢުލޫމާތު: |
|
|
ހުށަހަޅަންޖެހޭ ތަކެތި: |
|
ސުންގަޑި: 26 މޭ 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
||
ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 14:30 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341380 އިން ލިބިވަޑައިގަންނަވާނެއެވެ. |