މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޯޓޭޝަން ހޯދުމަށް ބޭނުންވެއްޖެ -މޯލްޑިވްސް ބްލަޑް ސާވިސް އިން ފެން ލީކުވުމުގެ މައްސަލަ ހައްލު ކުރުމަށް

ކޯޓޭޝަން ހޯދުމަށް ބޭނުންވެއްޖެ 

މޯލްޑިވްސް ބްލަޑް ސާވިސްއިން ފެން ލީކުވުމުގެ މައްސަލަ ހައްލު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 ސައިޓް ބެއްލެވުމަށް ބޭނުންފުޅުވާނަމަ 22 މޭ 2024 ވާ ބުދަ ދުވަހު ގެ 14:30 ން 15:30 އަށް މޯލްޑިވްސް  ބްލަޑް ސާރވިސް  އަށް ވަޑައިގެން ދެއްވުން އެދެމެވެ. 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 23 މޭ 2024 ވާ ބުރާސްފަތި ދުވަހު ގެ 10:00 ގެ ކުރިން  [email protected] އަށް މެއިލްކުރެއްވުން  ނުވަތަ 7985145 އަށް ގުޅުއްވުން އެދެމެވެ. 

 މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

21 މޭ 2024

21 މޭ 2024
ހޯދާ