ދިވެހިރާއްޖެ
ކޯޓޭޝަން ހޯދުމަށް ބޭނުންވެއްޖެ
–
މޯލްޑިވްސް ބްލަޑް ސާވިސްއިން ފެން ލީކުވުމުގެ މައްސަލަ ހައްލު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ސައިޓް ބެއްލެވުމަށް ބޭނުންފުޅުވާނަމަ 22 މޭ 2024 ވާ ބުދަ ދުވަހު ގެ 14:30 ން 15:30 އަށް މޯލްޑިވްސް ބްލަޑް ސާރވިސް އަށް ވަޑައިގެން ދެއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 23 މޭ 2024 ވާ ބުރާސްފަތި ދުވަހު ގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން ނުވަތަ 7985145 އަށް ގުޅުއްވުން އެދެމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
21 މޭ 2024