ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024-2025 ވަނަ އަހަރު ޕްރީސްކޫލަށް ކުދިން ވެއްދުމާއިބެހޭ

ދިރާސީ އައު އަހަރުގެ ކިޔެވުން 2024 ޖޫން 2 ގައި ފެށުމަށް ނިންމާފައިވާތީ، ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވައްދާނީ 2023 ޑިސެންބަރު 31 ވަނަ ދުވަހަށް ތިރީގައިވާ ގޮތަށް ޢުމުރު ހަމަވާ ކުދިންނެވެ.

 

ގްރޭޑް

2024 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ ޢުމުރުފުރާ

ބޭބީ ނަރސަރީ

2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން

ނަރސަރީ

3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން

 

               ވީމާ، 2024 ވަނަ އަހަރު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ވައްދަން އެދޭ ފޯމް ފުރުއްވައި 2024 މެއި 31 ގެ 14:00 ގެ ކުރިން މިއިދާރާއަށް ހުޅަހެޅުންވުން އެދެމެވެ. މިކަމަށްއެދޭ ފޯމް ރަސްމީގަޑީގައި މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

 

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މޭ 2024
ހޯދާ