ދިވެހިރާއްޖެ
ދިރާސީ އައު އަހަރުގެ ކިޔެވުން 2024 ޖޫން 2 ގައި ފެށުމަށް ނިންމާފައިވާތީ، ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވައްދާނީ 2023 ޑިސެންބަރު 31 ވަނަ ދުވަހަށް ތިރީގައިވާ ގޮތަށް ޢުމުރު ހަމަވާ ކުދިންނެވެ.
ގްރޭޑް |
2024 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ ޢުމުރުފުރާ |
ބޭބީ ނަރސަރީ |
2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން |
ނަރސަރީ |
3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން |
ވީމާ، 2024 ވަނަ އަހަރު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ވައްދަން އެދޭ ފޯމް ފުރުއްވައި 2024 މެއި 31 ގެ 14:00 ގެ ކުރިން މިއިދާރާއަށް ހުޅަހެޅުންވުން އެދެމެވެ. މިކަމަށްއެދޭ ފޯމް ރަސްމީގަޑީގައި މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.