ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނުގައި މީހުން ވަޅުލާ ސަރަޙައްދު ސާފުކުރުމާއި ލައިޓް ޖެހުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2024/22

ތާރީޚް

‏ 06 ޛުލްޤައިދާްްް 1445

 14  މެއި   2024

ގަބުރުސްތާނުގައި މީހުން ވަޅުލާ ސަރަޙައްދު ސާފުކުރުމާއި ލައިޓް ޖެހުން

          ގދ.ވާދޫ ގަބުރުސްތާނުގައި މިހާރު މީހުންވަޅުލާ ސަރަޙައްދު ވިނަނޮޅާ ސާފުކުރުމާއި،ލައިޓް ޖެހުމަށް ބޭނުންވެއްޖެއެވެ.

          ވީމާ،މިމަސައްކަތް ކުރުމަށް  ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާސް،ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް،ބީލަން ހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

2024/05/22

ބުދަ

13:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި

2024/05/26

އާދީއްތަ

13:00

 

 

         އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހުކުރު އަދި ހޮނިހިރު ދުވަސްފިޔާ ކޮންމެ ދުވަހެއްގެ 8:00 އާއި 14:00 އާއި ދެމެދު ކައުންސިލްގެ އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

 

                                                        ހާޝިރު މުޙައްމަދު

                                                     ކައުންސިލްގެ ނާއިބް ރައީސް

14 މޭ 2024
ހޯދާ