ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/22 |
ތާރީޚް |
06 ޛުލްޤައިދާްްް 1445 |
|
14 މެއި 2024 |
ގަބުރުސްތާނުގައި މީހުން ވަޅުލާ ސަރަޙައްދު ސާފުކުރުމާއި ލައިޓް ޖެހުން
ގދ.ވާދޫ ގަބުރުސްތާނުގައި މިހާރު މީހުންވަޅުލާ ސަރަޙައްދު ވިނަނޮޅާ ސާފުކުރުމާއި،ލައިޓް ޖެހުމަށް ބޭނުންވެއްޖެއެވެ.
ވީމާ،މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާސް،ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް،ބީލަން ހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
2024/05/22 |
ބުދަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި |
2024/05/26 |
އާދީއްތަ |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހުކުރު އަދި ހޮނިހިރު ދުވަސްފިޔާ ކޮންމެ ދުވަހެއްގެ 8:00 އާއި 14:00 އާއި ދެމެދު ކައުންސިލްގެ އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް