މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަލިފުށީ ރައްޔަތުންގެ ރުއްގަނޑު (ބޯޓުޔާޑު ސަރަޙައްދު ރުއްގަނޑު) ވަރުވާއަށް ދޫކުރުން
އަލިފުށީ ރައްޔަތުންގެ ރުއްގަނޑު (ބޯޓުޔާޑު ސަރަޙައްދު ރުއްގަނޑު) ވަރުވާއަށް ދޫކުރުން
މަތީގައި ދެއްނެވިފައިވާ ރުއްގަނޑު 3 އަހަރުދުވަހުގެ މުއްދަތަށް ވަރުވާއަށް ނަގާނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، ބޯޓުޔާޑު ރުއްގަނޑު ( މިހާރު އަލިފުށި ރައްޔަތުންގެ ރުއްގަނޑު) ގެ ގޮތުގައި ހިމެނޭ 168 ރުއް 3 އަހަރު ދުވަހުގެ މުއްދަތައް ވަރުވާއަށް ނަގަންބޭނުންވާ ފަރާތްތަކުން 2024 މޭ 26 ވާ އާދިއްތަ ދުވަހުގެ 11:00ށް އަލިފުށި ކައުންސިލްގެ އިދާރައަށް ޙާޟިރުވެ، އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާ ފޯމާއެކު އަގުހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު :
- ރުއްގަނޑު ހުށަހަޅާފޯމް ލިބެންހުންނާނީ އަލިފުށި ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.
- އަގު ހުށަހަޅުއްވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމުންނެވެ.
- ރުއްގަނޑުގެ މޫނުމަތީ އަގުކަމުގެ ބަލާނީ (އެންމެދައްއަގު) 16800.00ރ އެވެ. މިއަގަށްވުރެ ދައްކޮށް ހުށަހަޅާފޯމެއް ބަލައެއް ނުގަނެވޭނެވެ.
- ރުއްގަނޑު ވަރުވާއަށް ދޫކުރާނީ އެންމެ މަތީ އަގު ހުށަހެޅިފަރާތަށެވެ. (އެންމެމަތީ އަގު ހުށަހެޅި ފަރާތުން އެވަގުތު ރުއްގަނޑު ނަގަން ބޭނުންފުޅު ނުވެއްޖެނަމަ އިތުރު އިޢުލާނަކާއި ނުލައި ދެވަނައަށް އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތައް ރުއްގަނޑު ހަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
- އަގުގެ ގޮތުގައި ހުށަހަޅާނީ 1 (އެކެއް) އަހަރު ދުވަހަށް ވާ އަގެއެވެ.
- އަގު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު އަގުހަށަހަޅާފޯމު އޮންނަންވާނީ ސިޓީ އުރައިގާ ބަންދުކުރެވިފައެވެ.
- އަގު ހުށަހަޅާފޯމު ލިބެން ހުންނާނީ 2024 މޭ 15 ވަނަދުވަހުން ފެށިގެންނެވެ.
މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.
06 ޛުލްޤައިދާ 1445
14 މޭ 2024
ހޯދާ