ކުއްޔަށް ދިނުން
ނަންބަރު: (IUL)298/298/2024/41
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 26 މޭ 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިފުށީ ރައްޔަތުންގެ ރުއްގަނޑު (ބޯޓުޔާޑު ސަރަޙައްދު ރުއްގަނޑު) ވަރުވާއަށް ދޫކުރުން

އަލިފުށީ ރައްޔަތުންގެ ރުއްގަނޑު (ބޯޓުޔާޑު ސަރަޙައްދު ރުއްގަނޑު) ވަރުވާއަށް ދޫކުރުން

            މަތީގައި ދެއްނެވިފައިވާ ރުއްގަނޑު 3 އަހަރުދުވަހުގެ މުއްދަތަށް ވަރުވާއަށް ނަގާނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

            ވީމާ، ބޯޓުޔާޑު ރުއްގަނޑު ( މިހާރު އަލިފުށި ރައްޔަތުންގެ ރުއްގަނޑު) ގެ ގޮތުގައި ހިމެނޭ 168 ރުއް 3 އަހަރު ދުވަހުގެ މުއްދަތައް ވަރުވާއަށް ނަގަންބޭނުންވާ ފަރާތްތަކުން 2024 މޭ 26 ވާ އާދިއްތަ ދުވަހުގެ 11:00ށް އަލިފުށި ކައުންސިލްގެ އިދާރައަށް ޙާޟިރުވެ، އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަގު  ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާ ފޯމާއެކު އަގުހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު :

  1. ރުއްގަނޑު ހުށަހަޅާފޯމް ލިބެންހުންނާނީ އަލިފުށި ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.
  2. އަގު ހުށަހަޅުއްވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމުންނެވެ.
  3. ރުއްގަނޑުގެ މޫނުމަތީ އަގުކަމުގެ ބަލާނީ (އެންމެދައްއަގު) 16800.00ރ އެވެ. މިއަގަށްވުރެ ދައްކޮށް ހުށަހަޅާފޯމެއް ބަލައެއް ނުގަނެވޭނެވެ.
  4. ރުއްގަނޑު ވަރުވާއަށް ދޫކުރާނީ އެންމެ މަތީ އަގު ހުށަހެޅިފަރާތަށެވެ. (އެންމެމަތީ އަގު ހުށަހެޅި ފަރާތުން އެވަގުތު ރުއްގަނޑު ނަގަން ބޭނުންފުޅު ނުވެއްޖެނަމަ އިތުރު އިޢުލާނަކާއި ނުލައި ދެވަނައަށް އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތައް ރުއްގަނޑު ހަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
  5. އަގުގެ ގޮތުގައި ހުށަހަޅާނީ 1 (އެކެއް) އަހަރު ދުވަހަށް ވާ އަގެއެވެ.
  6. އަގު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު އަގުހަށަހަޅާފޯމު އޮންނަންވާނީ ސިޓީ އުރައިގާ ބަންދުކުރެވިފައެވެ.
  7. އަގު ހުށަހަޅާފޯމު ލިބެން ހުންނާނީ 2024 މޭ 15 ވަނަދުވަހުން ފެށިގެންނެވެ.

               މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

               06 ޛުލްޤައިދާ 1445

14 މޭ 2024