ދިވެހިރާއްޖެ
c
ހުވަދުއަތޮޅު އުތުރުބުރީގެމަނަފުށީ ކައުންސިލްގެ އިދާރާ ގއ.ގެމަނަފުށި، ދިވެހިރާއްޖެ
|
ނަންބަރު: (IUL)413/413/2024/17
އިޢުލާން
ގޯތިތަކުގެ އިންފާރު ރޭނުމާއިބެހޭ:
ދޫކޮށްފައިވާ ގިނަ ޢަދަދެއްގެ ގޯތި ތަކުގައި އިންފާރު ނެތުމުގެ ސަބަބުން ވިނައާއި، ގަސްފަޅައި މަގުމަތި އެއްކޮށް ހަޑިވެ، ހިނގާ ބިގާވެ އުޅޭ މީހުންނަށް އުދަގޫވެ، އަދި ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން އެތަކެއް ޝަކުވާއެއް މިކައުންސިލަށް ދަނީ ލިބެމުންނެވެ.
އެހެން ކަމުން މިއަދުން ފެށިގެން 06 މަސްދުވަހުގެތެރޭ ގޯތީގެ އިންފާރު ރޭނުމަށް ގޯތީގެ ކަންމުޑި އަޅާފައިވާ، ގޯތިތަކުގެ ވެރިފަރާތްތަކަށް އަންގަމެވެ.
މިއަދުން ފެށިގެން 06 މަސްދުވަސް ހަމަވާއިރު އިސްވެ ދެންނެވުނު ފަރާތްތަކުގެ ތެރެއިން ގޯތީގައި އިންފާރު ނުރާނާ ފަރާތްތަކުގެ ގޯތި ވަކިކުރެވޭނެކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
05 ޒުލްޤައިދާ 1445
13 މެއި 2024
އިބުރާހީމް ނާޝިދު
ކައުންސިލްގެ ރައީސް