ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)413/413/2024/17
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:45
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ވަށާ އިންފާރު ރޭނުން

c

  

ހުވަދުއަތޮޅު އުތުރުބުރީގެމަނަފުށީ ކައުންސިލްގެ އިދާރާ

ގއ.ގެމަނަފުށި، ދިވެހިރާއްޖެ

 

 

                

                                                                 

 

 

                                                                                              ނަންބަރު:  (IUL)413/413/2024/17

 

އިޢުލާން

ގޯތިތަކުގެ އިންފާރު ރޭނުމާއިބެހޭ:

 

               ދޫކޮށްފައިވާ ގިނަ ޢަދަދެއްގެ ގޯތި ތަކުގައި އިންފާރު ނެތުމުގެ ސަބަބުން ވިނައާއި، ގަސްފަޅައި މަގުމަތި އެއްކޮށް ހަޑިވެ، ހިނގާ ބިގާވެ އުޅޭ މީހުންނަށް އުދަގޫވެ، އަދި ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން އެތަކެއް ޝަކުވާއެއް މިކައުންސިލަށް ދަނީ ލިބެމުންނެވެ.

               އެހެން ކަމުން މިއަދުން ފެށިގެން 06 މަސްދުވަހުގެތެރޭ ގޯތީގެ އިންފާރު ރޭނުމަށް ގޯތީގެ ކަންމުޑި އަޅާފައިވާ، ގޯތިތަކުގެ ވެރިފަރާތްތަކަށް އަންގަމެވެ.

               މިއަދުން ފެށިގެން 06 މަސްދުވަސް ހަމަވާއިރު އިސްވެ ދެންނެވުނު ފަރާތްތަކުގެ ތެރެއިން ގޯތީގައި އިންފާރު ނުރާނާ ފަރާތްތަކުގެ ގޯތި ވަކިކުރެވޭނެކަމުގައިވެސް ދަންނަވަމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                  05 ޒުލްޤައިދާ 1445

                  13 މެއި 2024  

 

 

 

 

                                                       އިބުރާހީމް ނާޝިދު

                                                      ކައުންސިލްގެ ރައީސް

13 މޭ 2024