ދިވެހިރާއްޖެ
ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުން
މިރަށުގައި ބޭނުންކުރާ ގިނަ ކަނޑު އުޅަނދު ތަކަކީ ޤަވާއިދު ނަންބަރ 2016/R-6 ( ކަނޑުގައި ދުއްވާ ލޯކަލް އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދު ) އާއި އެއްގޮތަށް ރަޖިސްޓްރީކޮށްގެން ދުއްވާ އުޅަނދު ތަކެއް ނޫންކަން މިވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން ޤާނޫނު ނަންބަރ 78/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު ) ބަޔާންކޮށްފައިވާ ގޮތުން ރަޖިސްޓްރީ ނުކޮށް އެއްވެސް އުޅަނދެއް ދުއްވުމަކީ މަނާކަމެއް ކަމަށާއި އަދި ކަނޑު އުޅަނދު ރަޖިސްޓްރީ ނުކޮށް ދުއްވާނަމަ ޤަވާއިދު ނަންބަރ 2016/R-6 ( ކަނޑުގައި ދުއްވާ ލޯކަލް އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދު ) ގެ 20ވަނަ މައްދާގެ (ރ) ގެ ދަށުން އެ އުޅަނދަށް ޒިންމާވާ ފަރާތް 5000.00ރފ (ފަސްހާސް ރުފިޔާ ) އިން ޖޫރިމަނާ ކުރެވޭނެއެވެ.
މިހެން ކަމުން މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ދުއްވާ ކަނޑު އުޅަނދުތައް ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް އެ އުޅަނދު ތަކުގެ ވެރިންނަށް އަންގަމެވެ.