ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2024/63
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 09 ޖުލައި 2024 00:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދުފަހަރު ރަޖިސްޓްރީކުރުން

ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުން

               މިރަށުގައި ބޭނުންކުރާ ގިނަ ކަނޑު އުޅަނދު ތަކަކީ ޤަވާއިދު ނަންބަރ 2016/R-6 ( ކަނޑުގައި ދުއްވާ ލޯކަލް އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދު )  އާއި އެއްގޮތަށް ރަޖިސްޓްރީކޮށްގެން ދުއްވާ އުޅަނދު ތަކެއް ނޫންކަން މިވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން ޤާނޫނު ނަންބަރ 78/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު )  ބަޔާންކޮށްފައިވާ ގޮތުން ރަޖިސްޓްރީ ނުކޮށް އެއްވެސް އުޅަނދެއް ދުއްވުމަކީ މަނާކަމެއް ކަމަށާއި އަދި ކަނޑު އުޅަނދު ރަޖިސްޓްރީ ނުކޮށް ދުއްވާނަމަ ޤަވާއިދު ނަންބަރ 2016/R-6 ( ކަނޑުގައި ދުއްވާ ލޯކަލް އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދު ) ގެ 20ވަނަ މައްދާގެ (ރ) ގެ ދަށުން އެ އުޅަނދަށް ޒިންމާވާ ފަރާތް 5000.00ރފ (ފަސްހާސް ރުފިޔާ ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

               މިހެން ކަމުން މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ދުއްވާ ކަނޑު އުޅަނދުތައް ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް އެ އުޅަނދު ތަކުގެ ވެރިންނަށް އަންގަމެވެ.

09 މޭ 2024