މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ޓެކްނީޝަން ގްރޭޑް 1

ބޭނުންވާ އަދަދު: 02  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ޕަވަރޖަނަރޭޝަން ޑިސްޓިބިއުޝަން އެންޑް ޔުޓިލިޓީސް

ޝަރުޠު:

  • އެޑްވާންސް ސެޓުފިކެޓު އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ ނުވަތަ މިފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވުން.
  • މިދާއިރާގައި ތަޖްރިބާގައި ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއްކަމުގައިވުން.

އުމުރު: 18 އާއި 35 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/12,000 އާއި -/10,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ގުރޫޕް ހެޑް އަންގާގޮތެއްގެ މަތިން ޖަނަރޭޓަރގެ، ޕެނަލްބޯޑް އެންޑް ސެންސަރ، ސްވިޗްތަކާއި މީޓަރ، ބްރޭކަރ، ބަސްބާރ، ޓްރާންފޮމަރ ގުޅިފައިވާ އިންޖީނުގެ މެއިންޓެނަންސް ބެލެހެއްޓުމާއި އައި.އެން.އައި.އޭ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން.
  • MV ޓްރާސްޕޯމަރ،MV ސްވިޗްގިއާރ،MV ކޭބަލްސް އަދި LV ސްވިޗްގިއަރ މޮނީޓަރކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  • މިހާރު ގާއިމްކުރެވިފައިވާ ނެޓްވޯކްގެ ފެންވަރު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ހެޑްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.
  • ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

މަޤާމު:  އެސިސްޓެންޓް ރޭމްޕް ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 07

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޭމްޕް ސަރވިސަސް  

ޝަރުޠު

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ (ދިވެއްސާއެކު) 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • އުމުރު: 18 އާއި 35 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/10,000 އާއި -/11,000އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެއަރކްރާފްޓް މާޝަލް ކުރުމުގެ މަސައްކަތް ކުރުން
  •  ފްލައިޓްތައް ސުޕަރވައިޒް ކުރުމާއި، ބެގޭޖް އެރައިވަލް އަދި ޑިޕާރޗަރ ސުޕަރވައިޒް ކުރުން.
  • ވެހިކަލް ޗެކްލިސްޓް ބަލައި ޗެކް ކުރުމާއި އަންގަންޖެހޭ ފަރާތްތަކަށް އެންގުން
  • ކޮންސޯލް ޑިއުޓީ އަދާކޮށް ފޯންކޯލްތަކަށް ޖަވާބުދާރީވުން.
  • ކޭޝް އިންވޮއިސް އަދި ލީޒްނޯޓް ތައްޔާރުކުރުމާއި، ފްލައިޓްތަކުން އަދާކުރާ ޕޭމަންޓްތައް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.
  • ޔޫ.އެލް.ޑީ ސްޓޮކް ބެލެހެއްޓުން.

މަޤާމު: ފަޔަރ ފައިޓަރ ޓްރޭނީ

ބޭނުންވާ އަދަދު: 05  

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާންގައި އިގިރޭސިން "ސީ" ފާސްލިބިފައިވުން ނުވަތަ އެއަށްވުރެންމަތިން ފާސްވެފައިވުން އަދި އެސް.އެސް.ސީ އިމްތިޙާނުގައި ދަށްވެގެން ދިވެހި "ސީ" ފާސްލިބިފައިވުން.
  • ި ފިޒިކްސްއާއި ކެމިސްޓްރީން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • އުމުރުން 18-25 އަހަރާ ދެމެދު
  •  ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް : މަހަކު -/10،000ރ އާއި -/11،000ރ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަތިން ބޯޓުފަހަރާއި ނުވަތަ އެއަޕޯޓާއި ގުޅުންހުރި އެންމެހާ ކާރިޘާ/ ޙާދިސާތައަށް ތައްޔާރުވެ ތިބުން.
  • މިފަދަ ޙާލަތަކަށް ތައްޔާރުވެ ތިބުމަށްޓަކައި، ވެހިކަލްތަކާއި ގެންގުޅޭ އިކުއިޕްމަންޓްތައް ޗެކްކޮށް ބެލެހެއްޓުން.
  • ވޮޗްރޫމް ޑިއުޓީ އަދާކުރުން.
  • އޮފީހަށް ބޭނުންވެއްޖެ ހިނދެއްގައި، އަދި އޮފީހުން ކުއްލި ގޮތަކަށް އެދިއްޖެ ހިނދެއްގައި މަސައްކަތަށް ހާޒިރުވުން

މަޤާމު: އެސިސްޓެންޓް ގްރައުންޑް މޫވްމަންޓް އޮފިސަރ 

ބޭނުންވާ އަދަދު: 05

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ރޭމްޕް ސަރވިސަސް ސެކްޝަން .

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު އެސް.އެސް.ސީ އިމްތިޙާންގައި ދިވެހިން ދަށްވެގެން"ސީ" ގްރޭޑް ލިބިފައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭ ފަރާތެއްކަމުގައިވުން.
  • އުމުރުން 18 އާއި 30 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/10,000 އާއި -/11,000އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ސްޓޭންޑަރޑް އޮޕަރޭޝަނަލް ޕްރޮސީޖާއާ އެއްގޮތަށް އެއަރކްރާފްޓް މާޝަލްކުރުން.
  • ކޮކްޕިޓަށް މަޢުލޫމާތު ދިނުން.
  • އޭ.ޖީ.އެމް. އަށް ބޭނުންވާ ވެހިކަލްއާއި އިކުއިޕްމަންޓްތައް ހަމަޖެއްސުން.

މަޤާމު: ރީފިއުލަރ އޮޕަރޭޓަރ

ބޭނުންވާ އަދަދު: 06

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ފިއުލް ސަރވިސަސް

ޝަރުޠު: ގްރޭޑް 8 ގެ ފެންވަރު ހުރުން (ގްރޭޑް 8 ގެ ލީވިންގ ސެޓުފިކެޓު އޮތުން)

  • ޑްރައިވިންގ ލައިސެންސް ކެޓަގަރީ B1 ,B2 ,B0 އޮތުން.  ޑްރައިވިންގ ލައިސަންސް C ކެޓަގަރީ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރު: 18-35 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި -/10،000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޑީޕޮޓްގައި ކުރެވޭ އެންމެހައި އޮޕަރޭޝަނަލް މަސައްކަތްތައް ބެލެހެއްޓުން.
  • ފިއުލިންގެ އިކުއިޕްމަންޓް އޮޕަރޭޓްކުރުމާއި ބެލެހެއްޓުން، ސަރވިސަބިލިޓީ ޗެކް ކުރުމާއި، ސާފުކޮށް ބެލެހެއްޓުން އަދި މައްސަލަ ރިޕޯޓުކުރުން.
  • ޔުނިޓުގައި ބޭނުން ކުރެވޭ އެންމެހައި މެނުއަލްތަކުގައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ނިންމުން.
  • ގަވާއިދުން ކުރެވޭ ޗެކްތަކާއި، ކޮލިޓީ ކޮންޓްރޯލް ޗެކްތަކުގައި ހަރަކާތްތެރިވުން.

މަޤާމު:  އެސިސްޓަންޓް ޕްރޮކިޔުމެންޓް އޮފިސަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕްރޮކިއުމަންޓް އެންޑް ސްޓޯރސް.  

ޝަރުޠު:

  • ޖީ.ސީ.އީ އޭ ލެވެލް ހަދާފައިވުމާއެކު އިންގްލިޝް މި މާއްދާއިން "ސީ" ގްރޭޑް އިން މަތީ ފެންވަރަކަށް ފާސްވެފައިވުން
  • އެސް.އެސް.ސީ ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
  • ޕްރޮކިއުމަންޓް އަދި ޓެންޑަރގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަތަކަށް އިސްކަން ދެވޭނެއެވެ.
  • 20- 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

މުސާރަ އާއި އިނާޔަތްތަކަށް: -/10،000ރ އާއި -/11،000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އަންދާސީހިސާބާ ބެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ސަރުކާރުގެ ގެޒެޓް އަށް ފޮނުވުން. އަދި ދުވަހު ނޫސްތަކުގައި ޖަހަންޖެހޭ އެއްޗެއްނަމަ އެފަރާތްކަށް ވެސް ފޮނުވުން.
  • އަންދާސީހިސާބާ ބެހޭ ޖަލްސާތައް ރާވައި ހިންގުން.
  • އަންދާސީހިސާބާ ބެހޭ ގޮތުން ނިންމަންޖެހޭ އެންމެހާ ނިންމުންތައް ނިންމާ ހޮވޭ ފަރާތަށް އެކަން އެންގުން.
  • މުދާ ގަންނަން ޖެހިއްޖެ ހާލަތެއްގައި އެކަންކަން ކުރުން.

މަޤާމު: އެސިސްޓެންޓް ސްޓޯރސް އޮފިސަރ  

ބޭނުންވާ އަދަދު:01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕްރޮކިއުމަންޓް އެންޑް ސްޓޯރސް.  

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާންގައި އިނގިރޭސިން "ސީ" ލިބިފައިވުން ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
  • ކޮމްޕިއުޓަރ އެޕްލިކޭޝަން ބޭނުންކުރަން އެނގުން، އެމް.އެސް ވާރޑް އަދި އެކްސެލް ބޭނުންކުރަން އެނގުން.
  • 20- 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

މުސާރަ އާއި އިނާޔަތްތަކަށް: -/10،000ރ އާއި 11،000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުޏަށް ގެނެވޭ މުދާތަަކަށް ކޯޑު ދިނުމާއި، މުދަލަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ހަދާފައިވާ ސްޑޭންޑަރ އެއްގޮތަށް އިންވެންޓްރީ މެއިންޓެއިން ކުރުން.
  • PR ހަދަން ކަނޑައެޅިފައިވާ އަދަދަށް ތައްޔާރު ކުރުން.
  • PR ޓްރެކްކޮށް ފޮލޯއަޕް ހެދުމާއި އަދި މުދާ މަދުވާނެކަމަށް ލަފާކުރެވޭ ހިނދެއްގައި ކުރިއާލައި އެންގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 12 މޭ 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ