ދިވެހިރާއްޖެ
އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: ޓެކްނީޝަން ގްރޭޑް 1
ބޭނުންވާ އަދަދު: 02
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ޕަވަރޖަނަރޭޝަން ޑިސްޓިބިއުޝަން އެންޑް ޔުޓިލިޓީސް
ޝަރުޠު:
- އެޑްވާންސް ސެޓުފިކެޓު އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ ނުވަތަ މިފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވުން.
- މިދާއިރާގައި ތަޖްރިބާގައި ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއްކަމުގައިވުން.
އުމުރު: 18 އާއި 35 އަހަރާ ދެމެދު.
މުސާރަ އާއި އިނާޔަތްތައް: މަހަކު -/12,000 އާއި -/10,000 ރުފިޔާއާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ގުރޫޕް ހެޑް އަންގާގޮތެއްގެ މަތިން ޖަނަރޭޓަރގެ، ޕެނަލްބޯޑް އެންޑް ސެންސަރ، ސްވިޗްތަކާއި މީޓަރ، ބްރޭކަރ، ބަސްބާރ، ޓްރާންފޮމަރ ގުޅިފައިވާ އިންޖީނުގެ މެއިންޓެނަންސް ބެލެހެއްޓުމާއި އައި.އެން.އައި.އޭ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން.
- MV ޓްރާސްޕޯމަރ،MV ސްވިޗްގިއާރ،MV ކޭބަލްސް އަދި LV ސްވިޗްގިއަރ މޮނީޓަރކޮށް މަރާމާތުކޮށް ބެލެހެއްޓުން.
- މިހާރު ގާއިމްކުރެވިފައިވާ ނެޓްވޯކްގެ ފެންވަރު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ހެޑްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.
- ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
މަޤާމު: އެސިސްޓެންޓް ރޭމްޕް ސަރވިސަސް އޮފިސަރ
ބޭނުންވާ އަދަދު: 07
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޭމްޕް ސަރވިސަސް
ޝަރުޠު:
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ (ދިވެއްސާއެކު) 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
- އުމުރު: 18 އާއި 35 އަހަރާ ދެމެދު.
މުސާރަ އާއި އިނާޔަތްތައް: މަހަކު -/10,000 އާއި -/11,000އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އެއަރކްރާފްޓް މާޝަލް ކުރުމުގެ މަސައްކަތް ކުރުން
- ފްލައިޓްތައް ސުޕަރވައިޒް ކުރުމާއި، ބެގޭޖް އެރައިވަލް އަދި ޑިޕާރޗަރ ސުޕަރވައިޒް ކުރުން.
- ވެހިކަލް ޗެކްލިސްޓް ބަލައި ޗެކް ކުރުމާއި އަންގަންޖެހޭ ފަރާތްތަކަށް އެންގުން
- ކޮންސޯލް ޑިއުޓީ އަދާކޮށް ފޯންކޯލްތަކަށް ޖަވާބުދާރީވުން.
- ކޭޝް އިންވޮއިސް އަދި ލީޒްނޯޓް ތައްޔާރުކުރުމާއި، ފްލައިޓްތަކުން އަދާކުރާ ޕޭމަންޓްތައް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.
- ޔޫ.އެލް.ޑީ ސްޓޮކް ބެލެހެއްޓުން.
މަޤާމު: ފަޔަރ ފައިޓަރ ޓްރޭނީ
ބޭނުންވާ އަދަދު: 05
މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ
ޝަރުޠު:
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާންގައި އިގިރޭސިން "ސީ" ފާސްލިބިފައިވުން ނުވަތަ އެއަށްވުރެންމަތިން ފާސްވެފައިވުން އަދި އެސް.އެސް.ސީ އިމްތިޙާނުގައި ދަށްވެގެން ދިވެހި "ސީ" ފާސްލިބިފައިވުން.
- ި ފިޒިކްސްއާއި ކެމިސްޓްރީން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- އުމުރުން 18-25 އަހަރާ ދެމެދު
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް : މަހަކު -/10،000ރ އާއި -/11،000ރ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މަތިން ބޯޓުފަހަރާއި ނުވަތަ އެއަޕޯޓާއި ގުޅުންހުރި އެންމެހާ ކާރިޘާ/ ޙާދިސާތައަށް ތައްޔާރުވެ ތިބުން.
- މިފަދަ ޙާލަތަކަށް ތައްޔާރުވެ ތިބުމަށްޓަކައި، ވެހިކަލްތަކާއި ގެންގުޅޭ އިކުއިޕްމަންޓްތައް ޗެކްކޮށް ބެލެހެއްޓުން.
- ވޮޗްރޫމް ޑިއުޓީ އަދާކުރުން.
- އޮފީހަށް ބޭނުންވެއްޖެ ހިނދެއްގައި، އަދި އޮފީހުން ކުއްލި ގޮތަކަށް އެދިއްޖެ ހިނދެއްގައި މަސައްކަތަށް ހާޒިރުވުން
މަޤާމު: އެސިސްޓެންޓް ގްރައުންޑް މޫވްމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 05
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ރޭމްޕް ސަރވިސަސް ސެކްޝަން .
ޝަރުޠު:
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު އެސް.އެސް.ސީ އިމްތިޙާންގައި ދިވެހިން ދަށްވެގެން"ސީ" ގްރޭޑް ލިބިފައިވުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭ ފަރާތެއްކަމުގައިވުން.
- އުމުރުން 18 އާއި 30 އަހަރާ ދެމެދު.
މުސާރައާއި އިނާޔަތްތަކަށް: މަހަކު -/10,000 އާއި -/11,000އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ސްޓޭންޑަރޑް އޮޕަރޭޝަނަލް ޕްރޮސީޖާއާ އެއްގޮތަށް އެއަރކްރާފްޓް މާޝަލްކުރުން.
- ކޮކްޕިޓަށް މަޢުލޫމާތު ދިނުން.
- އޭ.ޖީ.އެމް. އަށް ބޭނުންވާ ވެހިކަލްއާއި އިކުއިޕްމަންޓްތައް ހަމަޖެއްސުން.
މަޤާމު: ރީފިއުލަރ އޮޕަރޭޓަރ
ބޭނުންވާ އަދަދު: 06
މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ފިއުލް ސަރވިސަސް
ޝަރުޠު: ގްރޭޑް 8 ގެ ފެންވަރު ހުރުން (ގްރޭޑް 8 ގެ ލީވިންގ ސެޓުފިކެޓު އޮތުން)
- ޑްރައިވިންގ ލައިސެންސް ކެޓަގަރީ B1 ,B2 ,B0 އޮތުން. ޑްރައިވިންގ ލައިސަންސް C ކެޓަގަރީ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
- އުމުރު: 18-35 އަހަރާ ދެމެދު.
މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި -/10،000ރ އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޑީޕޮޓްގައި ކުރެވޭ އެންމެހައި އޮޕަރޭޝަނަލް މަސައްކަތްތައް ބެލެހެއްޓުން.
- ފިއުލިންގެ އިކުއިޕްމަންޓް އޮޕަރޭޓްކުރުމާއި ބެލެހެއްޓުން، ސަރވިސަބިލިޓީ ޗެކް ކުރުމާއި، ސާފުކޮށް ބެލެހެއްޓުން އަދި މައްސަލަ ރިޕޯޓުކުރުން.
- ޔުނިޓުގައި ބޭނުން ކުރެވޭ އެންމެހައި މެނުއަލްތަކުގައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ނިންމުން.
- ގަވާއިދުން ކުރެވޭ ޗެކްތަކާއި، ކޮލިޓީ ކޮންޓްރޯލް ޗެކްތަކުގައި ހަރަކާތްތެރިވުން.
މަޤާމު: އެސިސްޓަންޓް ޕްރޮކިޔުމެންޓް އޮފިސަރ
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕްރޮކިއުމަންޓް އެންޑް ސްޓޯރސް.
ޝަރުޠު:
- ޖީ.ސީ.އީ އޭ ލެވެލް ހަދާފައިވުމާއެކު އިންގްލިޝް މި މާއްދާއިން "ސީ" ގްރޭޑް އިން މަތީ ފެންވަރަކަށް ފާސްވެފައިވުން
- އެސް.އެސް.ސީ ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
- ޕްރޮކިއުމަންޓް އަދި ޓެންޑަރގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަތަކަށް އިސްކަން ދެވޭނެއެވެ.
- 20- 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.
މުސާރަ އާއި އިނާޔަތްތަކަށް: -/10،000ރ އާއި -/11،000ރ އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އަންދާސީހިސާބާ ބެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ސަރުކާރުގެ ގެޒެޓް އަށް ފޮނުވުން. އަދި ދުވަހު ނޫސްތަކުގައި ޖަހަންޖެހޭ އެއްޗެއްނަމަ އެފަރާތްކަށް ވެސް ފޮނުވުން.
- އަންދާސީހިސާބާ ބެހޭ ޖަލްސާތައް ރާވައި ހިންގުން.
- އަންދާސީހިސާބާ ބެހޭ ގޮތުން ނިންމަންޖެހޭ އެންމެހާ ނިންމުންތައް ނިންމާ ހޮވޭ ފަރާތަށް އެކަން އެންގުން.
- މުދާ ގަންނަން ޖެހިއްޖެ ހާލަތެއްގައި އެކަންކަން ކުރުން.
މަޤާމު: އެސިސްޓެންޓް ސްޓޯރސް އޮފިސަރ
ބޭނުންވާ އަދަދު:01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕްރޮކިއުމަންޓް އެންޑް ސްޓޯރސް.
ޝަރުޠު:
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާންގައި އިނގިރޭސިން "ސީ" ލިބިފައިވުން ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
- އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
- ކޮމްޕިއުޓަރ އެޕްލިކޭޝަން ބޭނުންކުރަން އެނގުން، އެމް.އެސް ވާރޑް އަދި އެކްސެލް ބޭނުންކުރަން އެނގުން.
- 20- 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.
މުސާރަ އާއި އިނާޔަތްތަކަށް: -/10،000ރ އާއި 11،000ރ އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުޏަށް ގެނެވޭ މުދާތަަކަށް ކޯޑު ދިނުމާއި، މުދަލަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
- ހަދާފައިވާ ސްޑޭންޑަރ އެއްގޮތަށް އިންވެންޓްރީ މެއިންޓެއިން ކުރުން.
- PR ހަދަން ކަނޑައެޅިފައިވާ އަދަދަށް ތައްޔާރު ކުރުން.
- PR ޓްރެކްކޮށް ފޮލޯއަޕް ހެދުމާއި އަދި މުދާ މަދުވާނެކަމަށް ލަފާކުރެވޭ ހިނދެއްގައި ކުރިއާލައި އެންގުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
- 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު
ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 12 މޭ 2015ގެ 16:00
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:
ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ
އިތުރު މަޢުލޫމާތު: ފޯނު – 3325511
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
11 ރަޖަބު 1436