ދިވެހިރާއްޖެ
ކޮނޑޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން:
2025-2024 ވަނަ ދިރާސީ އަހަރަށް ކޮނޑޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން ކޮނޑޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނެ ގޮތް ތިރިގައި މިވަނީ އެވެ.
ގްރޭޑް |
އުމުރުފުރާ |
ބޭބީ ނާސަރީ |
2023 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން |
ނާސަރީ |
2023 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން |
ބޭބީ ނާސަރީއަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 2 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖާއަށް ދެވިދާނެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2024-2025 ވަނަ އަހަރު ކޮނޑޭ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނަސަރި އަށް ވައްދަން ބޭނުންވާ ދަރިވަރުން އެޑްމިޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު 16 މެއި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.
އެޑްމިޝަން ފޯމް މި އިދާރާގެ ރިސެޕްޝަނާއި، ވެބްސައިޓް www.kondey.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް ރަސްމީ ގަޑީގައި 6821045 އަށް ނުރަސްމީ ގަޑީގައި ނަމަ 9662499 އަށް ގުޅުއްވުން އެދެން.