ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412-CA412/412/2024/29
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 16 މޭ 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ ދިރާސީ އަހަރު ކޮނޑޭ ޕްރީ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

ކޮނޑޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން:

2025-2024 ވަނަ ދިރާސީ އަހަރަށް ކޮނޑޭ  ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން ކޮނޑޭ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނެ ގޮތް ތިރިގައި މިވަނީ އެވެ.

ގްރޭޑް

އުމުރުފުރާ

ބޭބީ ނާސަރީ

2023  ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާސަރީ

2023  ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 

ބޭބީ ނާސަރީއަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 2 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖާއަށް ދެވިދާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2024-2025 ވަނަ އަހަރު ކޮނޑޭ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނަސަރި އަށް ވައްދަން ބޭނުންވާ ދަރިވަރުން އެޑްމިޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު 16 މެއި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

އެޑްމިޝަން ފޯމް މި އިދާރާގެ ރިސެޕްޝަނާއި، ވެބްސައިޓް www.kondey.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް ރަސްމީ ގަޑީގައި 6821045 އަށް ނުރަސްމީ ގަޑީގައި ނަމަ 9662499 އަށް ގުޅުއްވުން އެދެން.

30 އޭޕްރިލް 2024