ދިވެހިރާއްޖެ
"މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)459-A/459/2015/23) އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުން"
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ސެންޓަރުތަކުގެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)459-A/459/2015/23) އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
- ހދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު
- ށ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު
- ގދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 މޭ 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
9 ރަޖަބު 1436