މަސައްކަތް
ނަންބަރު: (IUL)459-A/1/2015/41
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:13
ސުންގަޑި: 05 މޭ 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

"މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)459-A/459/2015/23) އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުން"

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ސެންޓަރުތަކުގެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)459-A/459/2015/23) އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  • ހދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު
  • ށ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު
  • ގދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 މޭ 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

9 ރަޖަބު 1436

28 އޭޕްރިލް 2015